އެމްއެންޑީއެފްގެ އަހަރީ ފޮޓޯ މައުރަޒް މިއަހަރު ނިލަންދޫގައި ބާއްވަނީ

ސިފައިންގެ 19 ވަނަ ފޮޓޯ މަޢުރަޒު އާއިލީ ހަވީރަކާއެެކު މާދަމާ ފ.ނިލަންދޫގައި ބާއްވާގޮތައް ހަމަޖެހިއްޖެއެވެ.

މި މައުރަޒު ކުރިއަށްދާނީ. މާދަމާ އަދި އަނެއް ދުވަހުގެ ހަވީރު 16:00 އިން 18:00 އަދި ރޭގަނޑު 20:00 އިން 22:00 އަށް ނިލަންދޫ ސްކޫލުގައެވެ.

އެމްއެންޑީއެފް އިން ހާމަކުރިގޮތުގައި، މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގެ ބައެއް ފޮޓޯތަކާއި ސިފައިން ކުރަމުންދާ އިޖުތިމާޢީ ހަރަކާތްތަކާއި، ސިފައިންގެ ތަމްރީނާއި ސިފައިންގެ އުމުރާނީ ތަރައްޤީއަށް ކުރެވިފައި ހުރި މަސައްކަތްތަކުގެ ފޮޓޯތަކުގެ އިތުުރުން ސިފައިންގެ ތާރީޚީ ބައެއް ފޮޓޯތައް މި ފޮޓޯ މަޢުރަޒުގައި ފެނިގެންދާނެއެވެ.

އާއިލީ ހަވީރު ކުރިއަށްދާނީ 16:00 އިން 18:00 އަށް ނިލަންދޫ ސްކޫލްގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*