ވޮލީ ބޯލް ކޯޗިންގ ކޭންޕެއް ނިލަންދޫގައި ފަށައިފި

އޭކޭ ފައުންޑޭޝަންގެ ނައިބު ރައީސް ޢަލީ މުޙަންމަދުގެ އިސްނެގުމުގެ މަތީން، ވޮލީބޯލް ކޯޗިންގ ކޭންޕެއް ފ.ނިލަންދޫގައި ރޭ ފަށައިފިއެވެ. މިކޭންޕްގެ ބައިވެރިންނަށް ޓްރެއިނިންގ ދެނީ ރާއްޖޭގެ މަޝްހޫރު ކުރީގެ ވޮލީ ކުޅުންތެރިޔާ ޖައްލެއެވެ.

ނިލަންދެ.ކޮމްއަށް މަޢުލޫމާތު ދެއްވަމުން އަލީ ސަރ ހާމަކުރެއްވި ގޮތުގައި މި ކޭންޕްގައި ގާތްގަނޑަކަށް 30 ވަރަކަށް މީހުން ބައިވެރިވުމަށް ނަންނޯޓްކޮށްފައިވެއެވެ. ރޭގަ ބޭއްވި ފުރަތަމަ ސެޝަންގައި އޭގެ ތެރެއިން ވިއްސަކަށް މީހުން ބައިވެރިވެފައިވެއެވެ.

ޖުމްލަ 15 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ވޮލީ ކޯޗިންގ ކޭންޕް ކުރިޔަށް ގެންދަނީ ފ.ނިލަންދޫ ސްޕޯޓްސް އެރީނާގެ ވޮލީ ކޯޓުތަކުގައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*