ނިލަންދޫ ރަށު ކައުންސިލްގެ މެންބަރު މަޖީދު އިސްތިޢުފާ ދެއްވައިފި

ފ.ނިލަންދޫ ރަށު ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޢަބުދުލް މަޖީދު ޢަލީ މިދިޔަ ބުރާސްފަތި ދުވަހު ކައުންސިލަރުގެ މަގާމުން އިސްތިޢުފާ ދެއްވައިފިއެވެ. އެނގިފައިވާ ގޮތުގައި އޭނާ އިސްތިޢުފާ ދެއްވާފައިވަނީ ފ.އަތޮޅު ކައުންސިލްގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް ހަމަޖެހުމާ ގުޅިގެންނެވެ.

ކައުންސިލަރުގެ މަގާމުން އިސްތިޢުފާ ދެއްވުމަށްފަހު، އޭނާ މިހާރު ގެންދަނީ އަތޮޅުކައުންސިލްގެ ވަޒީފާއަށް ނުކުންނަވަމުންނެވެ.

މަޖީދުގެ އިސްތިޢުފާއާއިއެކު ނިލަންދޫ ރަށު ކައުންސިލްގައި މިހާރު ތިއްބަވާނީ 4 މެންބަރުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*