ދެޖަލްސާ ބާއްވައިގެން ވެސް ނިލަންދޫ ކައުންސިލްގެ ރައީސްކަަމަށް ބޭފުޅަކު ނުވި

ނިލަންދޫ ރަށު ކައުންސިލްގެ ދެވަނަ ދައުރުގެ މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި

ނިލަންދޫ ރަށު ކައުންސިލްގެ ރައީސް އިސްތިޢޫފާ ދެއްވުމާގުޅިގެން، އެ މަގާމަށް ބޭފުޅަކު އިންތިޚާބު ކުރުމަށް ބޭއްވި ދެވަނަ ޖަލްސާ ވެސް ކޮޅެއްގައި ނުޖެހި ނިމިއްޖެއެވެ. މަޢުލޫމާތު ލިބޭގޮތުގައި މި ގޮތަށް ދިމާވެފައިވަނީ ކައުންސިލްގެ ރައީސްކަމަށް ވާދަކުރެއްވުމަށް އެއްވެސް ބޭފުޅަކު ކުރިމަތި ލައްވާފައިނުވާތީއެވެ.

ކައުންސިލްގެ މެންބަރަކު ހާމަކުރެއްވި ގޮތުގައި މެންބަރުންގެ މެދުގައި އިތުބާރުގެ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އުފެދި ބައިބައިވެފައެވެ. އަދި ހަމަ އެހެން ކައުންސިލްގެ މި ދައުރުގައި ރައީސްކަން ކުރެއްވި ދެބޭފުުޅުން ބައްދަލުވުންތަކުގައި ބަހުގެ ހޫނު ޙަމަލާތައް ބަދަލުކުރެއްވުމީ ވެސް ކައުންސިލް ހިންގުމަށް ދިމާވެފައިވާ ގޮންޖެހުމެކެވެ.

ކައުންސިލްގެ ރައީސަކު ހޮވުމަށް ދެން ޖަލްސާ އެއްބާއްވާނެ ދުވަހެއް އަދި އިޢުލާން ކޮށްފައި ނުވިޔަސް ރައީސް އިސްތިޢުފާ ދެއްވިތާ 14 ދުވަސްތެރޭ އެމަޤާމަށް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*