ވޮލީ ކޭންޕްގެ ބައިވެރިންނާއި އޭކޭ ފައުންޑޭޝަންގެ ވެރިން ބައްދަލުކުރައްވައިފި

ވޮލީ ކޭންޕްގެ ބައިވެރިންނާއި އޭކޭ ފައުންޑޭޝަންގެ ވެރިން ކުރެއްވި ބައްދަލުވުމުގެ ތެރެއިން

އޭކޭ ފައުންޑޭޝަންގެ ފަރާތުން އިންތިޒާމްކޮށް، ފ.ނިލަންދޫގައި ފަށަން ހަމަޖެހިފައިވާ ވޮލީ ކޯޗިންގ ކޭންޕްގެ ބައިވެރިންނާއި އޭކޭ ފައުންޑޭޝަންގެ ރައީސް، އަދި ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޢަބުދުﷲ ޚަލީލް ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި އެފައުންޑޭޝަންގެ ނައިބު ރައީސް ޢަލީ މުޙަންމަދާއި ފައުންޑޭޝަނަށް އެކިގޮތްގޮތުން އެހީތެރިވެދެއްވާ މުޙަންމަދު ޖަލީލު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިބައްދަލުވުމުގައި އެފައުންޑޭޝަނުން ހިންގުމަށް ހަމަޖެހިފައިވާ މި ކޭންޕްގައި ތަމްރީން ދެއްވުމަށް ވަޑައިގަންނަވަނީ ރާއްޖޭގެ މަޝްހޫރު ވޮލީ ކޯޗް އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ޖައްލެކަމަށް ނައިބުރައީސް ޢަލީ މުޙަންމަދު ހާމަކުރެއްވިއެވެ. 15 ދުވަހުގެ މުއްދަތަށް ހިންގާ މި ކޭންޕްގައި، ދެޖިންސުގެ ގާތްގަނޑަކަށް 50 ވަރަކަށް މީހުން ބައިވެރިވެފައިވެއެވެ. މި ކޭންޕް ނިމިގެންދާއިރު ވޮލީބޯލް އެސޯސިއޭޝަނުން ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ދޫކުރުމަށް މަސައްކަތް ކުރައްވާކަމަށް މިކަމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވެލައްވާ ޢަލީ މުޙަންމަދު ހާމަކުރެއްވިއެވެ.

ކޭންޕް ބޭއްވުމަށްޓަކައި އަންނަ ހޮނިހިރު ދުވަހު ކޯޗް ނިލަންދޫއަށް ވަޑައިގަންނަވާނެކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*