އާކުނިކޮށި ހެދުމުގެ މަސައްކަތް ފަށައިފި

އާ ކުނިކޮށީގެ މަސައްކަތް ފެށިގެން ކުރިޔަށް ދަނީ

ފިނޭންސް މިނިސްޓްރީން ފައިސާ ހަމަޖައްސަވާ ދެއްވާފައި ހުންނަތާ ގާތްގަނޑަކަށް ދޮޅު އަހަރު ދުވަސް ފަހުން ނިލަންދޫގައި އަލަށްހަދާ ކުނިކޮށީގެ މަސައްކަތް ކޮންޓްރެކްޓަރާއި ޙަވާލުކޮށް، ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރެއްގެ ގޮތުގައި ޙަރަކާތްތެރިވަނީ ޢަބުދުލްޣަނީ، ބީޗް ހައުސް އެވެ.

ކުނިކޮށި އެޅުމުގެ މަސައްކަތް ފަށާފައިވަނީ ނިލަންދޫގެ ކަނުކޮޅާއިވީ ފަރާތުގައި ހަދަން ނިންމާފައިވާ ޕަބްލިކް ވާރކްސް ބިމުގެ ދެކުނުގައި އެ ޚިދުމަތަށް މީގެ ކުރިން ނެގި ބިމުގައެވެ. މި ބިން ނެގުމަށްފަހު، ނަރުދަމާ ނިޒާމުގެ އިރުމަތީގައި އޮތް ހުސްބިމުގައި ވެސް އެކަން ކުރުމަށް ނިލަންދޫ ރަށު ކައުންސިލުން ނިންމިއެވެ.

އެނގިފައިވާ ގޮތުގައި މި މަސައްކަތް ކުރުމަށް ސަރުކާރުންވަނީ ގާތްގަނޑަކަށް 532،000 ރުފިޔާ 2015ވަނަ އަހަރުގެ ފަހުކޮޅުގައި ހަމަޖައްސަވާ ދެއްވާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*