ނަބީލުގެ ގޯލުން ނިލަންދޫއަށް މޮޅެއް

މިނިވަން ޗެންޕިއަންޝިޕްގެ މިއަދުގެ މެޗަށް ނިލަންދޫ އަދި ބިލެއްދޫ ޓީމް ތައްޔާރުވެފައި

މިނިވަންޗެންޕިއަންޝިޕް ފ.އަތޮޅު މުބާރާތުގެ މިއަދުގެ މެޗްގައި ފ.ބިލެއްދޫ ޓީމާއި ބައްދަލުކޮށް 1-0ގެ ނަތީޖާއަކުން ނިލަންދޫ ޓީމް މިއަދު މޮޅުވެއްޖެއެވެ. މިއަދުގެ މެޗްގައި ޖެހި ހަމައެކަނި ގޯލް ޖަހާފައިވަނީ ނިލަންދޫ ޓީމުގެ ކުރިޔަށްގުޅޭ ހުނަރުވެރި ކުޅުންތެރިޔާ ނަބީލްއެވެ.

މިއަދު ކުޅުނު މެޗްގައި ވާދަކުރި ދެޓީމުވެސް ފައިނަލަށް ގޮސްފައިވުމާއެކު، މާފޯރިއެއް ނެތް މި މެޗްގައި ދެޓީމުންވެސް ކުޅެފައިވަނީ މީގެ ކުރިން ކުޅުނު މެޗްގައި ކުޅެފައިނުވާ ކުޅުންތެރިން އަރުވައިގެނެވެ. ދެޓީމުގެ ވެސް މުހިންމު ކުޅުންތެރިން ފެނުނީ ބެއްޗުގައި ތިއްބައެވެ.

ފ.އަތޮޅު މުބާރާތުގައި ވާދަކޮށްފައިވަނީ މިދެރަށުގެ އިތުރުން ފީއަލީ ޓީމެވެ.

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*