އެއަރޕޯޓް އަޅާ ސަރަޙައްދުގެ ސަރވޭ ފަށައިފި

އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ ސަރވޭ ހެދުމުގައި

ފ.ނިލަންދޫ ޑޮމެސްޓިކް އެއަރޕޯޓް އެޅުމަށް ކަނޑައަޅާފައިވާ ސަރަޙައްދު ސަރވޭ ކުރުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. މި މަސައްކަތް ކުރުމަށް 6 ބޭފުޅުންގެ ޓީމެއް ނިލަންދޫއަށް ގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިޓީމުގެ މަސައްކަތުގައި، އެއަރޕޯޓް ހިއްކުމަށް ބޭނުންވާނެ ވެލި ނަގާނެ ސަރަޙައްދެއް ކަނޑައެޅުމާއި، ހިއްކުމުގެ ސަބަބުން އޮއިވަރަށް އަންނާނެ ބަދަލުތައް ދެނެގަތުން ހިމެނެއެވެ.

ވެލި ނެގުމަށް މައިގަނޑު ގޮތެއްގައި ބެލެވިފައިވަނީ މިހާރު ހަދަމުންގެންދާ އާ ބަނދަރާއި އިންވެގެން އޮތް އައްދަށު ހުރަހުނީގެ ހުޅަނގު އުތުރު ފަރާތު ވިލުންނެވެ.

image-0-02-06-624dbdea7c43ba19b43b1e12d08c140368bb11f106d10e284c322abed2bb39ef-V

އިއްޔެ ހަވީރު ސަރވޭ ޓީމް ނިލަންދޫއަށް ލެފުމާއެކު ވަރަށް ހޫނު މަރުޙަބާއެއް އެޓީމަށް ނިލަންދޫ ރައްޔިތުން ކިޔާފައިވެއެވެ. އެގޮތުން ތާރަޖެހުމާއި ކުޅިވަރުގެ ބައެއް ޙަރަކާތްތައް ވެސް ހިންގާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*