އެއަރޕޯޓާއި ގުޅޭގޮތުން ނިލަންދޫ ރައްޔިތުންނާއި މަޝްވަރާކޮށްފި

އެއަރޕޯޓް މަޝްރޫޢުއާއި ގުޅޭގޮތުން ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރުން

ނިލަންދޫ އެއަރޕޯޓްގެ އީއައިއޭ ހެދުމަށް ބޭނުންވާ ސަރވޭގެ އެމަސައްކަތް ހަވާލުކޮށްފައިވާ ކުންފުނިން ނިލަންދޫ ރައްޔިތުންނާއި ރޭ 8:30 ގައި ބައްދަލުކޮށްފިއެވެ. ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ކުރިޔަށްދިޔަ މި ބައްދަލުވުމަށް 250 ވަރަކަށް މީހުން ހާޒިރުވިކަމަށް ވެއެވެ.

image-0-02-06-c2f95801ad54cf7d5ebb0f03c51e7e76f598aeb907dded93a7716cd8040dfeb4-V

މި ބައްދަލުވުމުގައި އެއަރޕޯޓް އެޅުމަށް މިހާރު ފާހަގަކޮށްފައިވާ ސަރަހައްދު ނިލަންދޫ ރައްޔިތުންނާއި ޙިއްސާކޮށްފައިވެއެވެ. އެއާއެކު، އެއަރޕޯޓާއި ގުޅޭގޮތުން ނިލަންދޫ ރައްޔިތުންގެ ފަރާތުން އުފާވެރިކަމުގެ ޝުޢޫރުތައް ފާޅުކޮށްފައިވެއެވެ.

އެއަރޕޯޓް އެޅުމަށް މިހާރު ކަނޑައަޅާފައިވާ ތަނާއި ގުޅޭގޮތުން ނެގިވޯޓުގައި ހާޒިރުވެތިބި ހުރިހާ ރައްޔިތުންވަނީ އިއްތިފާގުވެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*