އޭކޭ ފައުންޑޭޝަނުން ނިލަންދޫ ޓީމަށް ޖާޒީބައެއް ޙަވާލުކޮށްފި

ނިލަންދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ޚަލީލުގެ އޭކޭ ފައުންޑޭޝަނުން މިއަދު ފަށާ މިނިވަން ޗެންޕިއަންޝިޕްގެ ފ.އަތޮޅު މުބާރާތުގައި ބައިވެރިވެފައިވާ ފ.ނިލަންދޫ ފުޓްބޯޅަ ޓީމަށް ޖާޒީ ބައެއް ރޭ ހަދިޔާކޮށްފިއެވެ. ފ.އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ހޯލުގައި ރޭ ބޭއްވި ބައްދަލުވުމުގައި ޖާޒީބަޔާއި ހަދިޔާކުރީ އޭކޭ ފައުންޑޭޝަންގެ ނައިބު ރައީސް ޢަލީ މުޙަންމަދާއި ފ.އަތޮޅު ކައުންސިލްގެ މެންބަރު ޢަބުދުލްޖަލީލު އަޙްމަދުއެވެ.

ޖާޒީބައި ޙަވާލުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން. ޢަލީ މުޙަންމަދުވަނީ ޓީމަށް ކާމިޔާބީއަށް އެދޭކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ކުރިޔަށް އޮތްތަނުގައިވެސް ފައުންޑޭޝަންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭނެކަމަށް ވިދާޅުވެފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*