އެފްއޭއީސީގެ ބިޒްނަސް ފެއަރ އިއްޔެ ބާއްވައިފި

ވިޔަފާރީގެ ހުނަރުތައް ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނަށް ދަސްކޮށް ދިނުމުގެ ގޮތުން އެމަރުކަޒުގެ ބިޒްނަސް ޑިޕާޓްމަންޓުން އިސްނަގައިގެން ބިޒްނަސް ފެއަރއެއް އިއްޔެ ބާއްވައިފިއެވެ.

އިއްޔެ ހެނދުނުން ފެށިގެން ހަވީރު 6:00ގެ ނިޔަލަށް ކުރިޔަށް ގެންދިޔަ ފެއަރގައި ދަރިވަރުންގެ ބައިވެރިވުން ވަރަށް ބޮޑަށް ލިބިފައިވެއެވެ. މީގެ އިތުރުން ބެލެނިވެރިންގެ ތަރުޙީބުވެސް ވަރަށް ބޮޑަށް ލިބިފައިވެއެވެ.

ފެއަރ ކުރިޔަށް ގެންދަވާފައިވަނީ 6 ބަޔަކަށް ބަހާލައިގެން ކޮންމެ ބަޔަކުވެސް ސްޓޯލެއް ހިންގާ ގޮތަށެވެ. އިއްޔެގެ ކެއުމުގެ ގަޑިތަކުގައި ޢާންމުންގެ ގިނަ ބަޔަކު އެސްޓޯލްތަކުން ކެއިން ބުއިމުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވެއެވެ.

“މިއީ އާ މަންހަޖު ތަންފީޒު ކުރުމުގެ ގޮތުން ހިންގި ޙަރަކާތެއް” ކަމަށް ސްކޫލްގެ ޕްރިންސިޕަލް ޢަބުދުﷲ އަޙްމަދު ވިދާޅުވިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*