ނިލަންދޫ ފުޓްސަލް ދަނޑުގައި ޓާފް އަޅައިފި

ރައީސް ޔާމީންގެ ސަރުކާރުން ފ.ނިލަންދޫގައި ހަދަމުންގެންދާ ފުޓްސަލް ދަނޑުގައި ޓާފް އެޅުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ. ރާއްޖެއިން ބޭރުގެ ޓެކްނިކަލް އެކްސްޕާޓެއްގެ އެހީގައި ކުރިޔަށްގެންދާ މި މަސައްކަތުގެ ތެރެއިން ދަނޑުގައި ޓާފް އެތުރުމުގެ މަސައްކަތް އިއްޔެވަނީ ނިންމާލާފައެވެ.
މިއަދު ހެނދުނުން ފެށިގެން ކުރިޔަށް ގެންދަނީ ދަނޑުކުރެހުމުގެ މަސައްކަތެވެ.

އެނގިފައިވާ ގޮތުގައި ޒުވާނުންނަށް އަމާޒްކޮށްގެން ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ފުޓްސަލް ދަނޑު އެޅުމުގެ މަޝްރޫޢުގެ ދަށުން ނިލަންދޫގައި ހަދަމުން ގެންދަނީ ފުޓްސްލްގެ އެންމެ ބޮޑުސައިޒުގެ ދަނޑެކެވެ.

ފުޓްސަލް ދަނޑާގުޅިގެން ނިލަންދޫގެ ގިނަ ޒުވާނުންތަކެއް ހިތްހަމަޖެހުމުގެ ޝުޢޫރުތައް ދަނީ ފާޅުކުރަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*