ނިލަންދޫ އެއަރޕޯޓްގެ ސްކޯޕް ބައްދަލުވުން މިއަދު ބާއްވައިފި

އީޕީއޭގައި މިއަދު ބޭއްވި ސްކޯޕް ބައްދަލުވުން

ފ.ނިލަންދޫގައި ހެދުމަށް ސަރުކާރުން އިޢުލާންކުރައްވާފައިވާ ޑޮމެސްޓިކް އެއަރޕޯޓްގެ ތިމާވެއްޓަށް އަސަރުކުރާނެ މިންވަރު ދެނެގަތުމުގެ މަސައްކަތަކާގުޅޭ ސްކޯޕް ބައްދަލުވުން އެންވައިރަމަންޓް ޕްރޮޓެކްޝަން އޭޖެންސީގައި މިއަދު ބާއްވައިފިއެވެ.

އީއައިއޭ ހެދުމަށް ހަވާލުކޮށްފައިވާ ކުންފުނީގެ އިތުރުން، މިބައްދަލުވުމުގައި ފ.އަތޮޅު ކައުންސިލާއި ނިލަންދޫ ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވެއެވެ. މީގެ އިތުތުރުން ރީޖަނަލް އެއަރޕޯޓްސް، ސިވިލް އޭވިއޭޝަން އޮތޯރިޓީ، މިނިސްޓްރީ އޮފް އެންވައިރަމަންޓް، މިނިސްޓްރީ އޮފް ހައުސިންގ، އަދި ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރގެ ފަރާތުން ވެސް މިބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.

image-0-02-06-6e57bd0d77832911b59c55e2892182e50a58ae524df004083bbbab1c940066ff-V

މި ބައްދަލުވުމުގައި އެއަރޕޯޓް ހެދުމަށް ބޭނުންވާނެ ވެލި ނަގާނެ ސަރަޙައްދާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެެވެ. އެގޮތުން ވެލި ނެގުމަށް މައިގަޑުގޮތެއްގައި މަޝްވަރާކުރެވުނީ ވިލުގެ އައްދަށު ހުރަހުނީގެ ހުޅަނގު ފަރާތުންނެވެ. މި ސަރަޙައްދުގެ އިތުރުންވެސް ވެލިނަގާނެ އިތުރު ދިމަދިމާ އީއައިއޭ ރިޕޯޓް އެކުލަވާލާއިރު ފާހަގަކޮށްފައި ބޭއްވުމާމެދު ވެސް މަޝްވަރާކުރެވިފައިވެއެވެ.

އީއައިއޭ ހެދުމުގައި ބަލަންޖެހޭ މުހިންމު މިންގަނޑުތައް އީޕީއޭގެ ފަރާތުން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވެއެވެ. އެގޮތުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ ނަރުދަމާ ނިޒާމުގެ ސީ-އައުޓްފޯލްއެވެ. ބިން ހިއްކަން ފެށުމުގެ ކުރިން ސީއައުޓްފޯލް ކަނޑަށް ގުޅަންޖެހޭނެކަމަށް އީޕީއޭއިންވަނީ ފާހަގަކުރައްވާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*