ފ.ނިލަންދޫއާއިއެކު އިތުރު ހަތަރު ރަށެއްގައި އެއާޕޯޓް އަޅަން މެލޭޝިޔާގެ ކުންފުންޏަކާ ހަވާލުކޮށްފި

އޮކްޓޫބަރ 2018ގައި އެއަރޕޯޓް ހުޅުވޭނެ

ނިލަންދޫ އެއަރޕޯޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ:މިހާރު)

ފ.ނިލަންދޫގެ އިތުރު އިތުރު ހަތަރު ރަށެއްގައި އެއަރޕޯޓް ހެދުމުގެ މަޝްރޫޢު މެލޭޝިޔާގެ ގްރިފޯން އެނަރޖީ ކޯޕަރޭޝަންއާއި މިއަދު ޙަވާލުކޮށްފިއެވެ. ނިލަންދޫގެ އިތުރުން މި ޕްރޮޖެކްޓްގައި ހިމެނެނީ ހދ. ކުޅުދުއްފުޓާއި ގދ. މާވަރުލު އާއި ފަރެސްމާތޮޑާ އާއި ށ.ފުނަދޫއެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ހަފްލާއެއްގައި ސަރުކާރުގެ ފަރާތުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެއެއްބަސްވުމުގައި ސޮއިކުރެއްވި އިރު މެލޭޝިއާގެ ގުރައިފޯން އެނާޖީ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ކުއިންޓެންނެވެ.

ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވީ އެ ފަސް އެއާޕޯޓް އަންނަ އަހަރުގެ އޮކްޓޫބަރު މަހު ހުޅުވޭނެ ކަމަށެވެ.
މިނިސްޓަރު ޒަމީރު ވިދާޅުވީ އެ ޕްރޮޖެކްޓްއަކީ 57.5 މިލިއަން ޑޮލަރު (886.65 މިލިއަން ރުފިޔާ)ގެ ޕުރޮޖެކްޓެއް ކަމަށެވެ.

އެ މަޝްރޫގެ ދަށުން އެންމެ ބޮޑު ޗެލެންޖަކަށް ވާނީ ކުޅުދުއްފުށީ އެއާޕޯޓް ކަމަށާއި އެއީ އެ ރަށު ކުޅި ހިއްކައިގެން އެއާޕޯޓް އަޅަންޖެހޭތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ނިލަންދުއާއި ފަރެސްމާތޮޑާ ހިއްކައިގެން އެއާޕޯޓް އެޅުމަށް ނިންމާފައިވާ އިރު މާވާރުލު އެއާޕޯޓް މިއަހަރު ހުޅުވޭވަރު ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

“ބައެއް އެއާޕޯޓްތަކުގެ އެންވައިރޮމެންޓް އެސެސްމަންޓްތައް މިހާރު ހަދާފައިވާ އިރު އެހެން އެއާޕޯޓްތަކުގެ އެސެސްމަންޓްތައް މަސައްކަތާ އެކު ހެދެމުންދާނެ، ..މިއީ ރާއްޖޭގެ ޓްރާންސްޕޯޓް ސިސްޓަމް ރަނގަޅުކުރުމަށް ހިންގާ މަޝްރޫގެ ދަށުން މަޝްރޫއެއް،” މިނިސްޓަރު ވިދާޅުވި އެވެ.

އެނާޖީ ކޯޕަރޭޝަންގެ ޗީފް ކޯޕަރޭޓް އޮފިސާ ޑީކް ކުއިންޓެން ވިދާޅުވީ ޕުރޮޖެކްޓް ހިންގުމަށް ދިވެހި ސަރުކާރުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*