“ނޫސްވެރިން” މަސައްކަތްކުރީ އެމްޑީޕީގެ ވިސްނުން ވިއްކަން

އިއްޔެ ހެނދުނުގެ ވަގުތެއްގައި ނިލަންދޫއަށް ދިޔަ މޯލްޑިވްސް އިންޑިޕެންޑެންޓްގެ ދެ ނޫންވެރިން ކަމަށް ބުނާ، މުޙަންމަދު އާއި މޫސަ މަސައްކަތް ކޮށްފައިވަނީ އެމްޑީޕީގެ ވިސްނުން ރައްޔިތުންނަށް ވިއްކަންކަމަށް ނިލަންދޫއިން ވާހަކަދެއްކި ބަޔަކު މިއަދު ބުނެފިއެވެ.
އެނގިފައިވާ ގޮތުގައި “ނޫސްވެރިން” ވަނީ ނިލަންދޫގެ ވަރަށް ގިނަ ފަރާތްތަކާއި ބައްދަލުކޮށްފައެވެ. މި ބައްދަލުކުރުންތަކުގައި ފ.އަތޮޅު ވިއްކާލާ ވާހަކައާއި އެކަމުގެ ސަބަބުން ރައްޔިތުންނަށް ހުރި ގެއްލުންތަކުގެ ވާހަކަތައް ދައްކާފައިވާކަމަށްވެއެވެ. މިފަދަ ވާހަކަތަކުން ނޫސްވެރިންގެ ޓެގްއަޅުވައި މި ދެމީހުންވެސް މަސައްކަތް ކޮށްފައިވަނީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށާއި ސަރުކާރާއިމެދު ނަފްރަތު އުފެއްދުމަށްކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މި ދެމީހުންގެ ޢަމަލުތައް ހުރިގޮތުން، ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކުނުރުހުން ފާޅުކޮށްފައިވާކަމަށްވެއެވެ. އަދި އެމީހުން ތަރައްޤީއާއި ދެކޮޅަށް ރައްޔިތުންގެ ސިކުނޑިއަށް ވައްދައިދެމުން ގެންދިޔަ ވާހަކަތައް ނުދެއްކުމަށް ތަކުރާރުކޮށް އެމީހުންނާއި ބައްދަލުކޮށް އެދިފައިވެއެވެ.
އެމީހުންގެ ޢަމަލުތައް ނުހުއްޓުވުމުގެ ނަތީޖާއަކަށްވެގެން ގޮސްފައިވަނީ ރައްޔިތުންގެ ތެރެއިން ބަޔަކު ފުލުހުންގެ އިދާރާގައި ޝަކުވާކުރުމުން، ފުލުހުންގެ ބެލުމުގެ ދަށަށް އެމީހުން ގެންދިއުންކަމަށް މަޢުލޫމާތު ދެއްވި ފަރާތުން ހާމަކުރިއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*