ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

ޢަބުދުލް ޢަޒީޒް ފޮޓޯގެ އެންމެ ވާތްފަރާތުގައި އިށީންނަވައިގެން

ފ.ނިލަންދޫ ރަށު ކައުންސިލްގެ ނައިބު ރައީސް ޢަބުދުލް ޢަޒީޒް މިއަދުން ފެށިގެން ކައުންސިލްގެ ނައިބް ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ. ނިލަންދެއަށް އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ދެއްވީ ކައުންސިލްތަކުގެ މުއްދަތު 26 ފެބްރުއަރީއަށް ހަމަވުމާ ގުޅިގެންނެވެ. ނަމަވެސް ކޯޓުގެ ޙުކުމަކާއެކު ކައުންސިލް އިންތިޚާބުގެ މުއްދަތު ފަސްކުރުމާގުޅިގެން، އާ ކައުންސިލްތައް އަންނަންދެން މިހާރުގެ ކައުންސިލަރުން ދެމިތިބޭނެކަމަށް ގާނޫނީ ވަކީލުން ހާމަކުރެއެވެ.
ޢަބުދުލް ޢަޒީޒަކީ ނިލަންދޫ ކައުންސިލްގައި 2 ދައުރު ފުރިހަމަކޮށްފައިވާ މެންބަރެކެވެ. ކައުންސިލްގެ ނައިބު ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ކައުންސިލަރގެ މަގާމުގައި ދެމިހުންނަވާނެއެވެ.
ނިލަންދޫ ރަށު ކައުންސިލް މިވަގުތު ހިންގެވުމާ ޙަވާލުވެހުންނެވީ ނިލަންދޫ ރަށު ކައުންސިލަރ މުޙަންމަދު ޚަލީލު އެވެ. މީގެކުރިން އޭނާވަނީ ކައުންސިލްގެ ރައީސްކަންވެސް ކުރު މުއްދަތަކަށް ކުރައްވާފައެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*