ފ.އަތޮޅު ޤުރުއާން މުބާރާތް ފ.ނިލަންދޫގައި ބާއްވައިފި

ޤައުމީ 32 ވަނަ ޤުރުއާން މުބާރާތަށް ދަރިވަރުން ހޮވުމުގެ ގޮތުން ފ.އަތޮޅުގައި ބާއްވާ ޤުރުއާން މުބާރާތް ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ބާއްވައިފިއެވެ. މި މުބާރާތުގައި ފ.އަތޮޅުގެ ހުރިހާ ރަށަކުންވެސް ބައިވެރިވެފައިވެއެވެ.
ޤައުމީ މުބާރާތް ހުޅުވާލާފައިވަނީ އަތޮޅު ކައުންސިލްތަކަށާއި، ސިޓީ ކައުންސިލްތަކަށާއި، ކްލަބް ޖަމިއްޔާތަކަށެވެ. މި މުބާރާތުގައި ހިމެނެނީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕެވެ.
ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވެވޭނީ އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް ތަމްސީލު ކުރުމަށް އެ ކައުންސިލްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށާއި ޖަމްޢިއްޔާތަކާއި ކްލަބްތައް ތަމްސީލު ކުރުމަށް އެ ޖަމްޢިއްޔާތަކުން ނުވަތަ ކްލަބްތަކުން ހުށައަޅާ ކެންޑިޑޭޓުންނަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*