“ފ. އަތޮޅުގައި ހިންގަންއުޅެނީ ބިޔަ ބޮޑު މަޝްރޫޢުއެއް” ޑރ.ޚަލީލް

ޕީޕީއެމްގެ ޖަލްސާއެއްގައި ޑރ.ޚަލީލް ވާހަކަފުޅު ދައްކަވަނީ

ފ. އަތޮޅު ވިއްކާލަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން، ފ. އަތޮޅަށް އަމާޒުވެފައިވާ މަޝްރޫއަކީ ރާއްޖެ މިހާތަނަށް ދެކެފައި ނުވާ ފަދަ ބިޔަ މަޝްރޫއެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ.ޚަލީލް އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެއްޖެއެވެ.
އަދި އެ ޕްރޮޖެކްޓް ހިންގި ނަމަވެސް އެ ތަނަށް ދިވެހި ސަރުކާރުގެ ބާރު ހިނގާނެ ކަމަށާއި އެތަނުގައި ހިންގާ ކޮންމެ މަޝްރޫއެއް ހިނގާނީ ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ތަރަހައިގެ ތެރެއިން ކަމަށެވެ. އަދި އެ މަޝްރޫއުގެ ސަބަބުން އެތަނަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި މިހާރު ވެސް އޮންނަ ގޮތަށް އޮންނާނެ ކަމަށާއި އެތަނަށް ދިވެހި ސަރުކާރުގެ ފުރިހަމަ ބާރު ހިނގާނެ ކަމަށް ވިދާޅުވެފައިވެއެވެ.
ފ. އަތޮޅުގައި ބޮޑު ޕްރޮޖެކްޓެއް ހިންގި ނަމަވެސް އެ އަތޮޅު ވާނީ ރާއްޖޭގެ ބާރު ހިނގާ ރާއްޖޭގެ ބަޔަކަށް ކަމަށާއި އެ އަތޮޅުގައި އެ އަތޮޅުގެ ރައްޔިތުން ދިރިއުޅޭނެ ކަމަށް އެ އަތޮޅު ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.
“ބޮޑު ޕްރޮޖެކްޓެއް ހިންގިޔަސް އެއަތޮޅުގައި ރައްޔިތުން ދިރިއުޅޭނެ. ރައްޔިތުން އުފާވެރިކަމާ ހިތްހަމަޖެހުމުގައި ފ. އަތޮޅުގައި ދިރިއުޅެވޭނެ ގޮތް ވާނެ. ދިވެހި ސަރުކާރުގެ ސިޔާދަތީ ބާރުގެ ދަށުގައި އެތަން އޮންނާނީ.” ޑރ. ޚަލީލް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، “ވެރިކަމަށް ދަހިވެތިވާ ހަސަދަވެރިން މިފަދަ ކަންކަން މިގައުމަށް އައުމަށް ނޭދޭނެ” ކަމަށެވެ.
ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެ މަޝްރޫއާއެކު އެ އަތޮޅު މުޅި ދުނިޔެ އަށް ހުޅުވާލެވި، ވަރަށް ގިނަ އަދަދަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްވެގެންދާނެ އެވެ. މުޅި ދުނިޔޭގައި ވެސް އިންޓަގްރޭޓަޑް ޓޫރިޒަމްގެ ގޮތުގައި އޮތީ ވަރަށް މަދު ތަނެއް ކަމަށާއި ސަރުކާރުގެ ވިސްނުމަކީ ފ. އަތޮޅަށް އެފަދަ ތަރައްގީއެއް ގެނައުން ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*