ހާލުބޮޑު ބަލިމީހަކު ހެލިކޮޕްޓަރުގައި މާލެއަށް ގެންގޮސްފި

އެމްއެންޑީއެފްގެ ހެލިކޮޕްޓަރ ނިލަންދޫ ސްޓޭޑިއަމްއަށް ޖައްސާފައި

ކޮނޑުހުޅުއް ނެއްޓި ޙާލުބޮޑުވުމުގެ ސަބަބުން ފ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުން ގެންދިޔަ ފ.ދަރަނބޫދޫ، އައިޝަތު އިދުރީސް މިއަދުގެ ވަގުތެއްގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މާލެ ގެންގޮސްފިއެވެ.
ނިލަންދެއަށް އެނގިފައިވާ ގޮތުގައި އައިޝަތު އިދުރީސް ފ.އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހާލު ބޮޑުވުމުގެ ސަބަބުން އާސަންދަ ހަމަޖެހުނު ކަމުގައި ވިޔަސް ސީއެމްބިއުލާސްގައި ދަތުރު ނުކުރެވުނީ ކަނޑު ގަދަވުމުގެ ސަބަބުންނެވެ.
ރައީސް ޔާމީންގެ ސަރުކާރު އައުމާއެކު، ކޮންމެ އަތޮޅަކަށްވެސް ސީއެމްބިއުލާސްސެއްވަނި ހަމަޖައްސަވާ ދެއްވާފައެވެ. އަދި ސީއެމްބިއުލާސްގައި ދަތުރުނުކުރެވޭ ޙާލަތްތަކުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރު ބޭނުންކުރުމަށްވެސް ހަމަޖައްސާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*