ސަރުކާރުގެ އެހީގައި ދަރަނބޫދޫ ރައްޔިތުންނަށް ޕިކަޕެއް ގަނެފި

ސަރުކާރުން ދަރަނބޫދޫ ރައްޔިތުންނަށް ހޯދައިދިން ޕިކަޕް ދޯންޏަށް ލޯޑްކުރެވިފައި. (ފޮޓޯ: ދަނިއުސް)

ޕިކަޕެއް ގަތުމަށް މިދިޔަ އަހަރު ސަރުކާރުން ވެދެއްވި ތިން ލައްކަ ރުފިޔާގެ ފައިސާގެ އެހީގައި ދަރަނބޫދޫ ކައުންސިލުން ޕިކަޕެއް ގަނެފިއެވެ. ނިލަންދެ.ކޮމްއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ދަރަނބޫދޫއަށް ގެންދިއުމަށް ޕިކަޕް މިހާރުވަނީ ފ.ބިލެއްދޫ މިންވަރު ބޯޓަށް ލޯޑްކޮށްފައެވެ.
ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޢަބުދުﷲ ޚަލީލުގެ އިޝާރާތަކަށް ކުނި މެނޭޖްކުރުމުގެ މަސައްކަތަށް ދަރަނބޫދޫ ކައުންސިލުން ޕިކަޕެއް ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅުގައެވެ. މިދިޔަ އަހަރުގެ މެދެއްހާ ހިސާބު ކައުންސިލުން އެދުނު މިންވަރަށް ސަރުކާރުން ފައިސާ ޖަމާކޮށްދެއްވުމާއެކު ޕިކަޕް ގަތުމުގެ މަސައްކަތް ފަށާފައިވެއެވެ.
“ދަރަނބޫދޫ ރައްޔިތުންނަށް ޕިކަޕް ލިބިފައިމިވަނީ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. ޚަލީލް ކުރެއްވި ބުރަ މަސައްކަތެއްގެ ތެރެއިން. ޚަލީލް ވިދާޅުވީ ހިނގާށޭ މިކަމާ އުޅެން.” ދަރަނބޫދޫ ކައުންސިލްގެ މެންބަރަކު ވިދާޅުވިއެވެ.
އާބާދީ ކުޑަޔަސް ދަރަނބޫދޫގައި ތަރައްޤީގެ ގިނަ ކަންތައްތަކެއް މިސަރުކާރުން ހިނގާފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*