ކައުންސިލް އިންތިހާބުގެ ޓިކެޓު ހަވާލުކުރަން ޕީޕީއެމްއިން ބޮޑު ޖަލްސާއެއް ބާއްވަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ފަރާތުން ވާދަ ކުރާ ކެންޑިޑޭޓުންނަށް ޓިކެޓު ހަވާލުކުރުމަށް ބޮޑު ޖަލްސާއެއް ބާއްވަން ނިންމާފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް، ނިލަންދޫ ދާއިރާގެ މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އޮފީހުގައި މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްއެއްގައި ޑރ.ހަލީލް ވިދާޅުވީ ޕީޕީއެމް އިން ޓިކެޓް ދޭނެ ކެންޑިޑޭޓުން ކަނޑައަޅާނީ، އެ ޕާޓީން ބާއްވާ ޕްރައިމަރީއަކުން ކަމަށާއި، ޕްރައިމަރީ ކާމިޔާބުކުރާ ކެނޑިޑޭޓުންނަށް ޓިކެޓު ހަވާލު ކުރުމުގެ ބޮޑު ޖަލްސާ ބާއްވާނީ އަންނަ މަހު ކުރީ ކޮޅުގައި ކަމަށެވެ.

“އެ ޖަލްސާ ވާނީ އެހެން ޖަލްސާތަކާއި ވަރަށް ތަފާތު ޖަލްސާއަކަށް. އެކަމުގެ މަސައްކަތައް ކުރިޔަށް ގެންދަވާނީ ޕީޕީއެމްގެ ކެމްޕެއިން ޓީމުގެ ފަރާތުން މުހައްމަދު ނިމާލް އިސްކޮށް ހުންނަވައިގެން،” ޑރ.ހަލީލް ވިދާޅުވި އެވެ.

ޕީޕީއެމްއިން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތައްތައް ބެލެހެއްޓުމަށް އޮނިގަނޑެއް ތައްޔާރުކޮށް ކެމްޕެއިން މެނޭޖަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ނިމާލް ހަމަޖައްސައިފަ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*