ކައުންސިލް އިންތިހާބު ކާމިޔާބުކުރުމަށް ނުފުރޮޅާނެ ގަލެއް ނޯންނާނެ: ޑރ.ޚަލީލު

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް އިންތިހާބު ކާމިޔާބު ކުރަން ނުފުރޮޅާނެ އެންމެ ގަލެއް ވެސް ނޯންނާނެ ކަމަށް ޕީޕީއެމްގެ ބުނެފި އެވެ.

ޕާޓީގެ އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.އަބްދުﷲ ޚަލީލް ވިދާޅުވީ ޕީޕީއެމުން ހިންގާ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި އަށް ދާ ކަމަށެވެ.

އެ ގޮތުން ޕީޕީއެމްގެ ޓީމުތައް މިހާރުވެސް ގއ. އަތޮޅާއި ޅ. އަތޮޅުގައި ހަރަކާތްތެރިވެ، ލޯކަލް އިންތިހާބަށް ކެމްޕެއިން ކުރަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އދ. އަތޮޅަށާއި ލ. އަތޮޅަށާއި ގދ. އަތޮޅުގެ ރަށްތަކުގެ ޓީމުތައް ޒިޔާރަތްކޮށް ރައްޔިތުން އޮޅުން ފިލުވައި، ރައީސް ޔާމީން ސަރުކާރުން ގެންނަމުން އަންނަ ތަރައްގީގެ އެކި މައުލޫމާތުތައް ހިއްސާ ކުރަމުންދާނެ ކަމަށް ޑރ.ޚަލީލު ވިދާޅުވި އެވެ.

“ޕީޕީއެމަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތުން ހިދުމަތް ކުރަން ބޭނުންވާ ޓީމެއް،” ޑރ.ޚަލީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޑރ.ޚަލީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ބޮޑަށް ފޯރިގަދަވެގެން ދާނެ ކަމަށާއި، އެކަމަކު އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރުޕީ ކޯލިޝަނުން ނެގުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*