ނިލަންދޫ ރަށު ކައުންސިލްގެ ރައީސް ދާދި ދެންމެއަކު އިސްތިއުފާ ދެއްވައިފި

ނިލަންދޫ ރަށު ކައުންސިލްގެ ކުރީގެ ރައީސް މުޙަންމަދު ޚަލީލް

ނިލަންދޫ ރަށު ކައުންސިލްގެ ރައީސް މުޙައްމަދު ޚަލީލު، ރައީސް ކަމުން އިސްތިއުފާ ދިނުމަށް މިއަދު ހުށައަޅައިފި އެވެ. ރައީސް ކަމުގެ މަޤާމުން އިސްތިއުފާ ދިނުމަށް މުޙައްމަދު ޚަލީލު ހުށަހެޅި ސަބަބު މިހާތަނަށް ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މުޙައްމަދު ޚަލީލު އިސްތިއުފާ ދީފައިމިވަނީ ނިލަންދޫއަށް ދިމާވެފައިވާ ޞިއްޙީ އަދި އިޖުތިމާޢީ އެކި މައްސަލަތައް ބޮޑުވެ، ކައުންސިލަށް އެމައްސަލަތަކަށް އެކަށީގެންވާ ޙައްލެއް މިހާތަނަށް ހޯދައި ދެވިފައި ނުވުމުން، އެމައްސަލަތަކަށް ޙައްލެއް ހޯދުމަށް ނިލަންދޫގައި ހުރި ސަރުކާރުގެ އިދާރާތަކުގެ އިސް ބޭފުޅުން މަސައްކަތްތަކެއް ކުރަން ފަށާފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން އެއިދާރާތަކުގެ ވެރިން މިއަދު ރަށު ކައުންސިލާއިއެކުވެސް ބައްދަލުވުމެއް ބާއްވާފައިވާކަން އެނގިފައި ވެއެވެ.

މުޙައްމަދު ޚަލީލު ރަށު ކައުންސިލްގެ ރައީސް ކަމާއި ޙަވާލުވެފައިވަނީ ކުރީގެ ރައީސް އަޙުމަދު ޢަލީ އެމަޤާމުން އިސްތިއުފާ ދިނުމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*