ފުޓްބޯޅަ ދަނޑުގެ ލައިޓް މާސްޓްތަކުގެ ބުޑުތައް އަޅަންފަށައިފި

ނިލަންދޫ ފުޓްބޯޅަ ސްޓޭޑިއަމްގައި ލައިޓް ޖެހުމަށް ކުރަންޖެހޭ މަސައްކަތުގެ ތެރެއިން ފުރަތަމަ ލައިޓް މާސްޓްގެ ބުޑު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. އެގޮތުން، ފުރަތަމަ ބުޑުގެ ކޮންކްރީޓް މަސައްކަތް މިއަދު ނިމޭނެކަމަށް ކޮންޓްރެކްޓަރ ހާމަކުރެއްވިއެވެ.

ގާތްގަނޑަކަށް 1 މިލިޔަން ރުފިޔާގެ މި މަސައްކަތުގެ ކޮންޓްރެކްޓަރަކީ އެޓިޓިއުޑް ޕްރައިވެޓް ލިމިޓެޑެވެ.

ނިލަންދޫ ސްޓޭޑިއަމްގައި ލައިޓް ޖެހުމަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ތެރެއިން، ޖުމްލަ 6 މާސްޓްޖަހައި 32 ލެޑްލައިޓް ހަރުކުރާނެއެވެ. ޕްރޮޖެކްޓްގެ ކޮންޓްރެކްޓްގައިވަނީ 100 ވޮޓްގެ ލެޑްލައިޓް ޖެހުންކަމަށް ވިޔަސް، ހަރުކުރާނީ 200 ވޮޓްގެ ލައިޓް ކަމަށް ކޮންޓްރެކްޓަރ މީގެކުރިން ހާމަކުރައްވާފައިވެއެވެ.

  1. ވައިސަރީ! ރައީސްޔާމީންގެ ފަހަތްޕުޅުގައި މަގޭރިންގެ އެމްޕީ ކުރަމުންދާ ބުރަ އަދި މިންނެތް މަސައްކަތުގެ ނަތީޖާ މިދަނީ ފެންނަމުންނެވެ. ރަށުން ބިންވެސް ހިއްކާއި ބޮޑު ބަނދަރެއް ހަދަނީއެވެ. ފުޓްސެލް ދަނޑުގެ މަސައްކަތް ކުރިޔަށް ދަނީއެވެ. ސްކޫލުގެ އާޢިމާރާތުގެ މަސައްކަތް ވެސް ކުރިޔަށް ދަނީއެވެ. ދެން އޮތީ އެއަރޕޯޓްގެ މަސައްކަތެވެ. ރައީސް ޔާމީނާއި އެމްޕީ ޑރ.ޚަލީލް އަށް އައްސަރިބަހުން ސާބަހެވެ.

    0
    0

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*