ނިލަންދޫގެ އުޅަނދުފަހަރު ހުއްޓޭއިރު، ކައުންސިލް ނިދާފައި

2017 ޖެނުއަރި 1 އިން ފެށިގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދަތުރުކުރާ އުޅަނދުފަހަރުގައި ކެޕްޓަނުންނާއި، މެރިން މެކޭނިކުން އަދި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރަންވާނީ ތަމްރީން ލިބިފައިވާ މީހުން

2016 ޖެނުއަރީ 1 ގައި ދިވެހިރާއްޖޭގެ ކަނޑުދަތުރު ފަތުރު ކުރާ އުޅަނދުފަހަރުގެ ސަލާމަތާ ރައްކާތެރިކަމާ ބެހޭ ގަވައިދަށް ގެނައި ބަދަލާއެކު، 2017 ޖެނުއަރި 1 އިން ފެށިގެން ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ދަތުރުކުރާ އުޅަނދުފަހަރުގައި ކެޕްޓަނުންނާއި، މެރިން މެކޭނިކުން އަދި ފަޅުވެރިންގެ ގޮތުގައި މަސައްކަތްކުރަންވާނީ ތަމްރީން ލިބިފައިވާ މީހުންކަމަށް ލާޒިމްކޮށްފައިވެއެވެ.

މި ގަވައިދުގެ 24 ވަނަ މާއްދާގެ (ހ)ގައި މި ގޮތަށް ލާޒިމްކޮށްފައިވުމާއެކު، އޮޑިދޯނިފަހަރުގައި މަސައްކަތްކުރަ ފަރާތްތައް ތަމްރީންކުރުމުގެ ގޮތުން، ނިޔަމިކަމުގެ ސެޓްފިކެޓް 2ގެ ކޯހާއި، މެރިން މެކޭނިކްގެ ކޯހާއި، ފަޅުވެރިންގެ ސެޓްފިކެޓް ކޯސް، ފަރުމާކޮށް ޓްރާސްޕޯޓް އޮތޯރިޓީން ދަނީ ހިންގަމުންނެވެ. އަދި އެކޯސްތައް ރާއްޖޭގެ ކަންކޮޅުތަކުގައި ހިނގޭނެ ފުރުސަތުތައް އެ އޮތޯރިޓީން ދަނީ ތަނަވަސްކުރަމުންނެވެ.

ރާއްޖޭގެ ކަންކޮޅުތަކުގައި ހިމެނޭ އެކިއެކި ކައުންސިލްތަކުން މިކަންކަމަށް އިސްކަންދީ، އޮޑިދޯނިފަހަރުގައި މަސައްކަތްކުރާ މީހުންނަށް ފަސޭހަކުރުމުގެ ގޮތުން، ރަށްރަށުގައި މިފަދަ ކޯސްތައް ހިންގާނެ އިންތިޒާމްތައް ހަމަޖައްސަމުންދާއިރު، ފ.ނިލަންދޫގެ ކައުންސިލަށް ކުރެވުނުހާވެސް ކަމަކީ 2017 ޖެނުއަރީ 1ގެ ކުރިން އޮޑިދޯނިފަހަރުގައި މަސައްކަތްކުރަންޖެހޭ ފަރާތްތައް ތަމްރީންވާންޖެހޭކަމަށް އަންގާ ޓްރާންސްޕޯޓް އޮތޯރިޓީން ކުރި އިއުލާން އަޑުގަދަކުރާއިން ގޮވާލުމެވެ.

ރަށުގެ ތަރައްގީއާއި ގުޅިފައިވާ ހުރިހާ ކަމަކަށްވެސް އިހުމާލުވާފަދައިން، އާންމު ނިކަމެތި މީހާގެ ދިރިއުޅުމާ ގުޅުންހުރި މިފަދަ ކަންކަމަށްވެސް މިފެންނަނީ ނިލަންދޫ ކައުންސިލުން ސަމާލުކަމެއް ނުދޭ މަންޒަރެވެ.

ނިލަންދޫ ކައުންސިލް މިއަދު ސިފަކުރެވެނީ “އަގުޅިއެއްނެތް ކަންނެޔޮ” ތަކެއް ފަދައިންނެވެ. އެއްވެސް ޒިންމާއެއްނެތި، ރައްޔިތުން ޙަވާލުކުރި މަސްއޫލިއްޔަތުއަދާ ނުކޮށް ބޮޑު މުސާރަ ނަގާ ބައެއްގެ ގޮތުގައެވެ.

ކަނޑު ދަތުރުފަތުރުކުރާ އުޅަނޑު ފަހަރުގައި މަސައްކަތް ކުރާ މީހުން ތަމްރީންވާންޖެހޭ މުއްދަތު 2017 ޖެނުއަރީ 1 ގައި އޮތްއޮތުން ސަރުކާރުން މިހާރުވަނީ 2017 ޖުލައި 01 އަށް ޓްރާންޕޯޓް އޮތޯރިޓީގެ 23 ނޮވެންބަރު 2016 ގެ އިޢުލާނުން ފަސްކޮށް ދެއްވާފައެވެ. ވަގުތު ފާއިތުވުމުގެ ކުރިން ނިލަންދޫ ކައުންސިލުން އަދިވެސް މިކަމާއި އުޅޭނެކަމަށް ބަލަމާ ހިނގާށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*