ތިމާވެއްޓާއި ގުޅޭ ގޮތުން ހޭލުންތެރި ކުރުމުގެ ބައްދަލުވުމެއް ނިލަންދޫގައި ބާއްވައިފި

ތިމާވެއްޓާއި ގުޅޭ ހޭލުންތެރިކަން އިތުރުކުރުމަށް ފއތމ ގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން ބައިވެރިން ގްރޫޕް މަސައްކަތް ކުރަނީ

ދިވެހިރާއްޖޭގެ ތިމާވެއްޓާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ބައްދަލުވުމެއް ފ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ރޭ ބާއްވައިފިއެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވީ އީޕީއޭގެ ފަރާތުން ފ.ނިލަންދޫއަށް ވަޑައިގެން ޓީމަކުންނެވެ.

މި ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ދިވެހިރާއްޖެއަކި ބައޮސްފެއަރ ރިޒާވަކަށް 31 ޑިސެންބަރ 2017 ގެ ކުރިން ހެދުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމާއެކު، ރާއްޖޭގެ ތިމާވެށީގެ ނާޒުކުކަން އަންގައިދިނުމެވެ.

ރާއްޖެއަކީ، އެންމެ ފުރަތަމަ ބަޔޮސްފިއާރ ޤައުމުގެ ގޮތުގައި އިއުލާން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވެސް ޖަރުމަންވިލާތުގެ ބާރލިންގަ މިއަހަރު ބޭއްވި އައިޓީބީ ފެއާރ ހުޅުވުމުގެ ރަސްމިއަޔާތުގައި ވިދާޅުވެފައިވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*