ދިރާގުން އޮކްސިޖަން ކޮންސަންޓްރޭޓަރެއް ފ.އަތޮޅު ހޮސްޕިޓަލްއަށް ހަދިޔާކޮށްފި

ފ.އަތޮޅު ހޮސްޕިޓަލްއާއި އޮކްސިޖަން ކޮންސަންޓްރޭޓަރ ޙަވާލުކުރުން

ފ.އަތޮޅު ހޮސްޕިޓަލްއަށް ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރއެއް ހަދިޔާކޮށްފިއެވެ. ދިރާގުގެ ފަރާތުން މި މެޝިން ފ.އަތޮޅާއި ޙަވާލުކޮށްދެއްވީ ފ.އަަތޮޅު ހިމެނޭ ސަރަހައްދުގައި ޙަރަކާތްތެރިވާ ދިރާގުގެ ޓީމުގެ ފަރާތުންނެވެ.

އޮކްސްސިޖަން ކޮންސެންޓްރޭޓަރުއާ ހަވާލު ވަމުން ފ. އަތޮޅު ހޮސްޕިޓަލް ގެ މެނޭޖަރު އަހުމަދު ނާޒިމް ވިދާޅުވީ ދިރާގުން ހަދިޔާކުރެއްވި އޮކްސިޖަން ކޮންސެންޓްރޭޓަރަކީ އެ ހޮސްޕިޓަލަށް ވަރަށް ބޭނުންތެރި އެއްޗެއް ކަމަށެވެ.

އަދި ދިރާގުން އެފަދަ އެއްޗެއް ހަދިޔާ ކުރީތީ އެ ކުންފުންޏަށް ޝުކުރުއަދާކުރައްވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ އިތުރު އެހީތެރިކަން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފ.އަތޮޅު ހޮސްޕިޓަލްގެ އިތުރުން ދިރާގުން އޮކްސިޖަން ކޮންސެންޓްރޭޓަރު ހަދިޔާ ކޮށްފައި ވަނީ އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަަަލަށާއި އދ. މަހިބަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލް އަދި ދ. ކުޑަހުވަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލަށެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ހިދުމަތް ދެމުން އަންނަ ދިރާގުން ވަނީ ރާއްޖޭގެ ނުވަ ސަރަހައްދެއްގައި އޮޕަރޭޝަން ސެންޓަރު ގާއިމު ކޮށް މުޅި ރާއްޖެ އެކީ ގުޅާލާފައެވެ.

ދިރާގުން ބުނީ، އެ ކުންފުނިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ވެސް ތަރައްގީ ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވުން ކަމަށާއި މުސްތަގުބަލުގައިވެސް ވީހާވެސް ގިނަ އަތޮޅުތަކަށް، ކެނޑިނޭޅި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*