ޕީޕީއެމްގެ ވަފުދާއެކު އެމްޕީ ޑރ.ޚަލީލު ޗައިނާއަށް ވަޑައިގެންފި

ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީ އޮފް ޗައިނާ (ސީޕީސީ)ގެ ދައުވަތަކަށް، ވެރިކަން ކުރާ ޕީޕީއެމްގެ 14 މެމްބަރުންގެ ވަފުދާއިއެކު ނިލަންދޫ ދާއިރާގެ މެމްބަރ ޑރ.ޢަބްދުﷲ ޚަލީލު  ޗައިނާއަށް ފުރާވަޑައިގެންފި އެވެ.

މި ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ޗައިނާއަށް ވަޑައިގަތީ ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަންގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުލްރަހީމް އަބްދުﷲއެވެ.

ppmak21

އަބްދުލްރަހީމް އައި  ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ.ޢަބްދުﷲ ޚަލީލުގެ އިތުރުން، ވަފުދުގައި ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ޔޫތު މިނިސްޓަރު އިރުތިޝާމް އާދަމް، އެ ޕާޓީގެ ތަރުޖަމާނު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް، ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު، ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ)، ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޢަލީ ފަޒާދު، ވިލިނގިލި ދާއިރާގެ މެމްބަރު ސަޢުދު ހުސައިން އަދި ޕީޕީއެމްގެ އަންހެނުންގެ ގޮފީގެ ނައިބު ރައީސް ޢާއިޝަތު އިނާޔާ ހިމެނެއެވެ.

ޕީޕީއެމްގެ ވަފުދު މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގައި ތިއްބަވާނެއެވެ. އަދި މި ދަތުރުގައި، ދެ ޕާޓީގެ ދެމެދުގައި ތަޖުރިބާ އާއި މައުލޫމާތު ބަދަލުކުރުމުގެ މަޝްވަރާތައް ކުރާނެ ކަމަށާއި، އެކި ދާއިރާއިން މީހުން ތަމްރީނު ކުރުމުގެ ކަންކަމާ ގުޅޭ މަޝްވަރާތައް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ޕީޕީއެމް އިން ބުނެފައި ވެއެވެ.

ppmak3216545

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ރާއްޖެއިން ވަނީ ޗައިނާއާ ވަރަށް ގާތް ގުޅުމެއް އުފައްދައިފައެވެ. ޗައިނާގެ ރައީސް ޝީ ޖިން ޕިންގް 2014 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތް ކުރެއްވި އިރު، ރައީސް ޔާމީންވެސް ވަނީ ޗައިނާއަށް ދަތުރުތަކެއް ކުރައްވައިފަ އެވެ.

އެމްޕީ ޑރ.ޢަބްދުﷲ ޚަލީލު ވަނީ، މެލޭޝިޔާގެ ވެރިކަން ހިންގާ ޕާޓީން ޕީޕީއެމްއަށް ލިބުނު ދައުވަތެއްގައި ރައީސް ޔާމީން އާއި ޕީޕީއެމްގެ އިސް ބޭފުޅުން ހިމެނޭ ވަފުދަކާއިއެކު، މީގެ ދެހަފްތާއެއްހާ ދުވަސްކުރިން މެލޭޝިޔާއަށްވެސް ވަޑައިގެންފަ އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*