ސީރަތު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ޢަލީ ވަޙީދު ޕާކިސްތާނަށް

އިންޓަރނޭޝަނަލް ސީރަތު ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު ޕާކިސްތާނަށް ވަޑައިގެންފި އެވެ.

މި ޑިސެންބަރ 2 ވަނަ ދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށް ޕާކިސްތާނުގެ ލާހޯރުގައި ކުރިއަށްދާ މި ކޮންފަރެންސްގައި ޢަލީ ވަޙީދު ބައިވެރިވެވަޑައިގަންނަވަނީ ރާއްޖެއިން އެކޮންފަރެންސްގައި ބައިވެރިވާ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުންނެވެ.

މިއީ އިސްލާމްދީނާއި ގުލުންހުރި އެކި މައުޟޫއުތަކަށް ބަޙުސްކޮށް މަޝްވަރާ ކުރުމަށް ކޮންމެ އަހަރަކުވެސް ޕާކިސްތާނުގައި ބާއްވަމުން އަންނަ ކޮންފަރެންސް އެކެވެ. މި ކޮންފަރެންސްގައި ރާއްޖޭގޭ އިތުރުން ދުނިޔޭގެ އިސްލާމީ އެކި ޤައުމުތަކުގެ ސަރުކާރުތަކުންނާއި، އިސްލާމީ ޖަމާޢަތްތައް ތަމްޞީލު ކުރަމުންދާ ދީނީ ބޮޑެތި ޢިލްމުވެރިން ބައިވެރިވެ އެވެ.

ކޮންފަރެންސް އަށް ފަހު ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 13 ވަނަ ދުވަހު އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*