ރީ ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހަކީ ޑިސެމްބަރ 14 ވަނަ ދުވަސް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓް ލުމަށް އެދޭ ފަރާތްތަކުން ރީ ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހަކީ، މި މަހު 14 ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފިއެވެ.

ރީ ރަޖިސްޓްރީ ކުރުމުގެ އެންމެފަހު ތާރީހެއްގެ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މީގެކުރިން ކަނޑައަޅާފައިވަނީ މިދިޔަ މަހުގެ 21 އެވެ. ނަމަވެސް ރީ ރަޖިސްޓްރީ ކުރުމަށް، އިތުރު ވަގުތު ދިނުމަށް ސިވިލް ކޯޓުން ކުރި އަމުރާއެކީ، އިލެކްޝަންސް ކޮމިޝަނުން ވަނީ ރީ ރަޖިސްޓްރީ ކުރުން މުއްދަތެއް ނެތް ގޮތަށް، ރީ ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ނަމަވެސް އެ މުއްދަތު މި މަހު 14 އާއި ހަމައަށް ހަމަވާނެ ކަމަށާއި، އެ ދުވަހުގެ ހަވީރު ހަތަރެއް ޖެހުމުގެ ކުރިން ފޯމު ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން އެދެއެވެ.

ރީ-ރެޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން މާލޭގައި ނަމަ ފޯމު ހުށައަޅާނީ އިންތިޙާބީ މަރުކަޒު، ބާޖަމާލުއްދީނަށް އަދި ރަށްރަށުގައި ނަމަ ކައުންސިލް އިދާރާއަށެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*