ކާނާގެ ޔަޤީންކަން ޕްރޮގްރާގެ ދަށުން ނިލަންދެއަތޮޅު އުތުރުބުރިއަށް ބޭނުންވާ ގަސް ހޯދަން އިޢުލާންކޮށްފި

ކާނާގެ ޔާޤީންކަން ޕްރޮގްރާމްގެ ދަށުން ރަށްރަށަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ގަސްތައް

ސަރުކާރުން ކަނޑައަޅާފައިވާ ދެމެހެއްޓެނިވިގޮތެއްގައި ރާއްޖޭގައި ކާބޯތަކެތި އުފެއްދުން އިތުރުކޮށްގެން ކާނާގެ ރައްކާތެރިކަން ލިބޭނެމަގު ތަނަވަސްކޮށްދިނުމުގެ ސިޔާސަތުގެ ދަށުން، ރާއްޖޭގައި އުފެއްދޭ ކާނާގެ ބާވަތްތައް އާލާކޮށް، ފުޑްސެކިއުރިޓީ ނުވަތަ ކާނާގެ ރައްކާތެރިކަން ރައްޔިތުންނަށް ހޯދައިދިނުމުގެ ޕްރޮގްރާމަށް ގަސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ދެވަނަ ފަހަރަށް އިޢުލާން ކޮށްފިއެވެ.

މި ޕްރޮގްރާމުގެ ދަށުން 2016 ވަނައަހަރު ފ. ނިލަންދޫ، ފ. މަގޫދޫ، ފ. ފީއަލި އަދި ފ. ދަރަނބޫދޫގެ ގޭބިސީތަކަށް ގަސް ހަދިޔާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން، މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ މައިގަނޑު 5 ބާވަތެއް (އަލަ، ކައްޓަލަ، ބަނބުކެޔޮ، މުރަނގަ އަދި ފަތްކެޔޮ) ދިރުވައި އާލާކުރުމުގެ މަޤްޞަދުގައެވެ.

މި ޕްރޮގްރާމަށް ބޭނުންވާ ގަސް ފޯރުކޮށްދިނުމަށް އެދި އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ރާއްޖޭގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް، އެރަށެއްގައި ޙަރަކާތްތެރިވާ ޖަމްޢިއްޔާ ޖަމާޢަތްތައް އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށް ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމް ހިންގުމަށްހަމަޖެހިފައިވާ ހުރިހާ ރަށަކަށް ބޭނުންވާ ގަސްތައް އެއްފަހަރާ ފޯރުކޮށްދިނުމަށް ނުވަތަ ވަކިވަކި ރަށްރަށަށް ބޭނުންވާ ގަސްތައް ފޯރުކޮށްދިނުމަށްވެސް އަންދާސީހިސާބު ހުށަހެޅިދާނެއެވެ.

ގަސް ފޯރުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2016 ޖުލައި 14 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޖުލައި 19 ވާ އަންގާރަ ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހަޅުއްވަން ޖެހެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*