ބީސީ ސްޕޯޓްސް އާއި އެސްޖީސީ ނިއުޖެނެރޭޝަން މޮޅުވެއްޖެ

އޭކޭ ޗެލެންޖް ކަޕްގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗްގައި އެންވައިޖީ ފްރެންޑްއާއި ބައްދަލުކޮށް 6 ލަނޑު 2 ލަނޑުން އެސްޖީސީ ނިއު ޖެނެރޭޝަން މެޗް ކާމިޔާބު ކޮށްފިއެވެ. މި މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އެސްޖީސީ ނިއު ޖެނެރޭޝަންގެ ޖާޒީ ނަންބަރު 23 ޢަލީ ސާމީއެވެ.

ހަވީރު ކުޅުނު ދެވަނަ މެޗްގައި އެސްޖީސީ ސްޕޯޓްގެ މައްޗަށް 6 ލަނޑު 1 ލަނޑުގެ ތަފާތަކުން ބީސީ ސްޕޯޓްސް ވަނީ ކުރިހޯދާފައެވެ. ބީސީއިން މޮޅު ކުޅުމެއްދެއްކި މި މެޗްގެ މޭން އޮފްދަ މެޗަކަށް ހޮވިފައިވަނީ ވެސް އެޓީމުގެ ޖާޒީ ނަންބަރު ޢަބުދުﷲ ޝައްފާން އެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު ދެމެޗް ކުޅުން އޮންނާނީ މާދަމާ ހަވީރުއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*