ފ.އަތޮޅު ތަޢުލީމީ މަރުކަޒަށް އެކްޓިވިޓީ ޔުނީފޯމް ހޯދަން އިޢުލާން ކޮށްފި

ފ.އަތޮޅު ތަޢުލީމީ މަރުކަޒުގެ އެކްޓިވިޓީ ޔުނީފޯމް ހޯދައިދޭނެ ފަރާތެއް ހޯދަން އިޢުލާން ކޮށްފި އެވެ.

އެމަރުކަޒުން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ، އެމަރުކަޒުން ދޭ ނަމޫނާއާ އެއްގޮތަށް ދަރިވަރުން ބޭނުންކުރުމަށް އެކްޓިވިޓީ ޔުނީފޯމު ހޯދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށާއި، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން ޝަޢުޤުވެރިވާ ފަރާތްތައް އެކަމަށް އެދި ހުށަހެޅުއްވުން އެދޭ ކަމަށެވެ.

އަދި މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް އެދޭ ފަރާތްތަކުން 2016 ނޮވެމްބަރ 24 ވަނަ ދުވަހުގެ 10:30 ގައި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2016 ޑިސެމްބަރ 01 ވަނަ ދުވަހުގެ 11:30 އަށް ތާރީޚަށް އަންދާސީހިސާބު ހުށަހެޅުމަށެވެ.

ގެޒެޓްގައިވާ އިޢުލާން ބެއްލެވުމަށް:

http://www.gazette.gov.mv/iulaan/view/54787

އަންދާސީހިސާބު އޮންނަށްވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައިވާ ކަމަށާއި، އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ، ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައި ކަމަށްވެސް އިޢުލާންގައި ބުނެފައި ވެއެވެ.

 

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*