ޙައްޖު ކޯޕަރޭޝަން ބޯޑު މެމްބަރު ކަމަށް ސްޓޭޓް މިނިސްޓަރ ޢަލީ ވަޙީދު

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ޤާރީ ޢަލީ ވަޙީދު ހަމަޖައްސަވައިފި އެވެ.

ޤާރީ ޢަލީ ވަޙީދު އެކޯޕަރޭޝަންގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ހަމަޖައްސަވާފައިވަނީ މި ނޮވެމްބަރ މަހުގެ 2 ވަނަ ދުވަހުން ފެށިގެންނެވެ.

އެކޯޕަރޭޝަންގެ ރައީސް މުޙައްމަދު ނިޒާރު ސޮއި ކުރައްވާ ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ އެމަޤާމަށް ޤާރީ ޢަލީ ވަޙީދު ޢައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާތީ، ޤާނޫނު ނަމްބަރ 3/2013 ގައިވާ ގޮތުގެ މަތިން، 2 ނޮވެމްބަރ 2016 ގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރު ކަމަށް ޤާރީ ޢަލީ ވަޙީދު ހަމަޖައްސަވާފައިވާ ކަމަށެވެ.

ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެމްބަރު ކަމަށް ޤާރީ ޢަލީ ވަޙީދު ހަމަޖެއްސެވިއިރު، ޢަލީ ވަޙީދު ދަނީ މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ގެ މަޤާމުވެސް ފުރުއްވަމުންނެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*