މަޒުމޫނު ލިޔުމާއި ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

2016 ވަނަ އަހަރުގެ ޤަމީ މަޒުމޫނު ލިބުމުގެ މުބާރާތާއި، ޤައުމީ ކުރުވާހަކަ ލިޔުމުގެ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި އެކަޑެމީން ހުޅުވާލައިފި އެވެ.

އެކަޑެމީން ބުނެފައިވަނީ އެ ދެ މުބާރާތް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ ހަތަރު ބަޔަކަށް ކަމަށެވެ. އެއީ ސްކޫލުތަކުގެ ބަޔާއި، މަތީ ތަޢުލީމު (ޔުނިވަރސިޓީ / ކޮލެޖު)ގެ ބަޔާއި، އޮފީސް / ކްލަބު / ޖަމްއިއްޔާ / ޖަމާޢަތްތަކުގެ ބަޔާއި، އަދި އަމިއްލަ ފަރާތްތަކުގެ ބަޔެވެ.

ބަހުގެ އެކަޑެމީން ކޮށްފައިވާ އިޢުލާންގައި މި މުބާރާތްތައް ކުރިއަށް ގެންދާނެ ޢުމުރުފުރަތަކާއި މަޢުޟޫތައްވެސް ހިމަނާފައި ވެއެވެ.

ބަހުގެ އެކަޑެމީން ކޮށްފައިވާ އިޢިލާން ބެއްލެވުމަށް:

http://www.gazette.gov.mv/iulaan/view/54374

މި ދެ މުބަރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2016 ނޮވެމްބަރ 29 ވަނަ ދުވަހުގެ 13:30 ގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އެ އެކަޑެމީއަށް ހުށަހެޅުމަށް އެދިފައި ވެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި، ޤަވާޢިދާއި، އެދެ މުބާރާތާއި ގުޅޭ ލިޔެކިޔުންތައް ބަހުގެ އެކަޑެމީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް ބުނެފައި ވެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*