ބެލެނިވެރިންގެ ދުވަސް ކުލަގަދަކޮށް ނިލަންދޫ ގައި ފާހަގަކޮށްފި

މިއަހަރުގެ ބެލެނިވެރިންގެ ދުވަސް ކުލަގަދަކޮށް ނިލަންދޫ ގައި ފާހަގަ ކޮށްފި އެވެ.

ފ.އަތޮޅު ތަޢުލީމީ މަރުކަޒު (ފއތމ) އިން އިސްނަގައިގެން ބެލެނިވެރިންގެ ދުވަސް ފާހަގަ ކުރިއިރު، ބެލެނިވެރިންނަށް ހުޅުވާލައިގެން އަދި ބެލެނިވެރިން ބައިވެރިކޮށް ގިނަ ޙަރަކާތްތަކެއް ބާއްވާފައި ވެއެވެ. މި ނޮވެމްބަރ މަހުގެ 4 އަދި 5 ވަނަ ދުވަހު ކުރިއަށް ގެންދެވުނު ޙަރަކާތްތަކުގެ ތެރޭގައި މަދަޙަ މުބާރާތަކާއި، ކުއިޒް މުބާރާތަކާއި، ޓްރެޝަރ ހަންޓް މުބާރާތެއްގެ އިތުރުން ވޮލީ މެޗެއްވަނީ ކުޅެފައި އެވެ. އަދި މިޙަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ފއތމ ގެ ހުރިހާ ބެލެނިވެރިން ހަތަރު ބަޔަކަށް ބަހާލައިގެންނެވެ.

faecparentsday9541

މަދަޙަ މުބާރާތާއި ޓްރެޝަރ ހަންޓު މުބާރާތުން އެއްވަނަ ހޯދާފައިވަނީ ކާމިޔާބު ގްރޫޕެވެ. ކުއިޒް މުބާރާތުން އެއްވަނަ ހޯދީ ދަންމަރު ގްރޫޕެވެ. އަދި ވޮލީ މެޗުން މޮޅުވެފައިވަނީ ފއތމ ގެ މުވައްޒަފުންގެ ޓީމެވެ.

މީގެ އިތުރުން ފއތމ ގެ މުވައްޒަފުންވަނީ އެސްކޫލުގެ ބެލެނިވެރިންނަށް މެންދުރުގެ ޚާއްޞަ ފަރިއްކޮޅެއް ދީފައި އެވެ. ފަރިއްކޮޅު އޮތީ ނޮވެމްބަރ 5 ވަނަ ދުވަހުގެ މެންދުރު އެމަރުކަޒުގައި އެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*