ބޮޑު ޖަލްސާއަށް ކަމަށްބުނެ ޕީޕީއެމްގެ ޚަރަދުގައި މާލެ އައި ބައެއް މީހުން ޖަލްސާއަށް ނުދޭ

ވެރިކަންކުރާ ޕީޕީއެމްގެ 5 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ‘އަސްލު ޖަލްސާ” ގެ ނަމުގައި ބޮޑު ޖަލްސާއެއް މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވިއިރު، ޕީޕީއެމް އިން ޚަރަދުކޮށްގެން އަތޮޅުތެރެއިން ގިނަ ބަޔަކު މާލެ ގެނެސްފައި ވެއެވެ.

ބައެއް އަތޮޅު ތަކުން ފްލައިޓް ޗާޓަރ ކޮށްގެން މީހުން ގެނައިއިރު، އެހެން އަތޮޅުތަކުން ބޯޓު ފަހަރުގައި އަދި އަނެއްބައި އަތޮޅުތަކުން ލޯންޗު ފަހަރުގައި މީހުން މާލެ ގެނެސްފައި ވެއެވެ.

ފ.އަތޮޅުން ޖަލްސާއަށް އަންނަން ބޭނުންވާ ފަރާތްތަކުން މާލެ ގެނައީ ޕީޕީއެމް އިން ކުއްޔަށް ހިފި ލޯންޗު ފަހަރުގައި އެވެ. ނިލަންދޫ ދާއިރާއިން ވިއްސަކަށް މީހުން މާލެ އައިއިރު، ބިލެއްދޫ ދާއިރާއިންވެސް މީހުން އައިސްފައި ވެއެވެ.

ނަމަވެސް އެޖަލްސާއަށް ކަމަށްބުނެ ޕީޕީއެމް ޚަރަދުގައި މާލެ އައިސް އަދި މާލޭގައި ހުރުމަށް ޕީޕީއެމް އިން އެލަވަންސް ނެގި ބައެއް ފަރާތްތަކުން އެޖަލްސާއަށް ނުދާކަން ނިލަންދެ އަށް ވަނީ ޔަޤީން ކުރެވިފައި އެވެ. ހަމައެއާއިއެކު ޕީޕީއެމް މެމްބަރުންގެ ގޮތުގައި ނުހިމެނޭ ބައެއް މީހުންވެސް ޕީޕީއެމްގެ އެދަތުރުގައި އައި މީހުންގެ ތެރޭގައި ހިމެނޭކަންވެސް އެނގިފައި ވެއެވެ.

aslujalsaa012

އެގޮތުން ޖަލްސާއަށް ކަމަށްބުނެ އައި އެކަކު ޖަލްސާ ކުރިއަށްދިޔަ ގަޑީގައި ޝޮޕިންގ ކުރުމުގައި އުޅުނު މަންޒަރުވަނީ ފެނިފައެވެ. އެހެން މީހަކާއި ދިމާވުމުން، ހިލޭ އާދެވޭތީ މާލެ ޖައްސާލީ ކަމަށް ބުނެފައި ވެއެވެ. އެހެން މީހަކާ ދިމާވެގެން އޭނާ އައީ ޑޮކްޓަރަށް ދައްކާލަން ކަމަށް ބުނެފައި ވެއެވެ.

ޖަލްސާ ކުރިއަށްދިޔަ ގަޑީގައި ސޯޝަލް މީޑިއާ ހާވާލަނިކޮށް ފެނުނީ ޖަލްސާއަށް އައިކަމަށްބުނާ އެހެން މީހަކު، މާލޭގައި ކުރިއަށްދާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މެޗެއް ބަލަން ދަނޑުގައި އިންދަ އެވެ. އަދި އެ ބޮޑު ޖަލްސާއަށް ކަމަށްބުނެ އައިސް، ވިސްނުމާއި ފިކުރުގެ ގޮތުން ސީދާ މިސަރުކާރާއި ދިމާ އިނދިކޮޅު މީހުންނާއިއެކު، އޭގެ ތެރެއިން ބައެއް މީހުން މާލެ ތެރޭގައި “އެނބުރެނިކޮށް”ވެސް ފެނިފައި ވެއެވެ.

ދެރަކަމަކީ ޖަލްސާއަށް އެމީހުން ނުދިއުމެއް ނޫނެވެ. އެކަމަކު ޖަލްސާއަށް އަންނަން ގިނަ ބަޔަކު އެދިއެދި ތިއްބާ، ލޯންޗުން އަންނަން މަދުބަޔަކަށް ލިބުނު ފުރުޞަތުގައި، ޖަލްސާގައި ބައިވެރިވުމުގެ ނަމުގައި އެފަދަ މީހުން އައުމެވެ. އެކަމަށް ބޭނުންވެފައި އެތައްބަޔަކު ތިއްބާ އެފަދަ މީހުންނަށް ޕީޕީއެމް އިން ޚަރަދު ކުރަން ޖެހުމެވެ. އަދި އެފަދަ މީހުންނަށް ޕީޕީއެމް އިން “އެލަވަންސް” ދޭން ޖެހުމެވެ.

އަދި ޖަލްސާއަށް ކަމަށްބުނެ މާލެއައިސް، ޖަލްސާއަށް ނުދާ ބައެއް މީހުންނަކީ މިސަރުކާރުން ދީފައިވާ “ސިޔާސީ” ވަޒީފާތަކުގައި ތިބި މީހުންކަންވެސް ހިތާމަ އާއިއެކު ފާހަގަ ކޮށްލަން ޖެހެއެވެ.

ފުރަތަމަ ޚިޔާލު - އަހަރެންގެ ޚިޔާލު

ޚިޔާލު ދެއްވުމަށް

އީމެއިލް ޢާއްމު ނުކުރެވޭނެ.


*